އަމިއްލައަށް މަރުވެދާނަމޭ ހިތަށް އަރާނަމަ..

Read Time:6 Minute, 6 Second

ހުރިހާ އިންސާނުންނަކީ، ހުރިހާ ކަމެއް ފުރިހަމަ ވެފައިވާ ބައެއް ނޫނެެވެ. ދިރިއުޅުމުގެ ޙާލަތު އެހުރި ހާލަތުން އެހެން ޙާލަތަކަށް ގެންދަން މަސައްކަތް ކުރިއަސް، ކުރިއެރުމެއް ނުލިބި ހިނގައިދާނެއެވެ. މީހުންގެ އަތުން ދަރަންޏަށް ލާރި ހޯދައި ހޯދައި، އަތް ދިއްކޮށްލާނެ މީހެއް ނެތި، ލަދުން އަމިއްލަ ހާލައިގެން އުޅޭން މަޖުބޫރު ކުރުވަނީ ކޮންމެވެސް ޒަމާނެއްގައި ތަޙައްމަލް ކުރަން ޖެހުނު ހަނގާކުރުމުގެ މާޒީގެ ދުވަސްތަކުގެ ބަނަ ވިލާތަކެވެ. ތިމާއަށް ދިމާވެފައިވާ ވާހަކަ ހިއްސާ ކޮށްލާނޭ، ނުވަތަ ކަނުލައި އަޑު އަހާނޭ، އެކަމަށް މަދަދު ވެރިވެދޭނޭ މީހަކު ނެތްކަމުގެ އިޙްސާސް ކުރެވުމަކީ، ގިނަ ފަހަރު އަމިއްލަ ނަފުސު އަތުން ދޮވެލުމަށް ނައްޓުވައިލެވޭ ދޮރުގެ މަކުޑިއެވެ. ގޭތެރެއިން ފެށިގެން އާންމު މާހައުލުތަކުންވެސް ހަނގާ ކުރުން ސަގާފަތެއްގެ ގޮތުގައި ދެމި އެޮވެއެވެ. ޚާއްސަކޮށް ކުދީން ތަފާތު ކުރެވޭ މާހައުލުތަކުގައި، ނުވަތަ ގޭބިސީ ތަކުގައި، މިފަދަ ކަންކަން ވަރަށް ބޮޑެވެ. ހުރިހާ ކަމެއްގައި އެފަދަ ކުއްޖަކު ބައްދާލެވޭއިރު، އެހީއެއް ހޯދަން ނުކުންނައިރު އެންމެ ކައިރީން އެހީތެރިވާން ހުންނަ ބޮޑު ދައިތަ ނުވަތަ ބޮޑު ބޭބެ ހުންނާނީ ގޭތެރޭގައި އެފަދަ ކުއްޖެއްގެ ހުނި ޖެހޭ މިންވަރު ބޮލަށް ވަދެވަދެ އެއްގޯސްވެފައެވެ. ވާހަކަ ކިޔައި ދިން ކަމުގައި ވިޔަސް، ގިނަ ފަހަރު އެވާހަކަ ކިޔައިދޭ ކުއްޖާގެ އިހުމާލުން ވާ ކަމެއްކަމުގައި މައްސަލައިގެ ހުކުމް އިއްވަނީއެވެ. އެހައި ހިސާބުން ދެން ކުރިމަތި ލެވެނީ، އަމިއްލަ ނަފްސް ކުއްވެރި ކުރުމުގެ ތަފާތު މަރުހަލާތަކާއެވެ. މިކަން ވަކި ހިއްޕާލުމުން، އެކަނިވެރިކަމަށް ލޯބި ކުރެވެން ފެށެއެވެ. ނަތީޖާ އަކަށް ވަނީ، ނުއަގުގައި އަމިއްލަ ނަފްސު ދުއްވާލުމެވެ.

ނަފްސާނީ ގޮތުން އަސަރުކޮށްފައި ތިބޭ މީހުން ދެނެގަންނާނީ ކިހިނެއް؟

މިފަދަ މީހުންގެ ކިބައިން އެންމެ ޢާންމުކޮށް އިވޭނެ ޖުމްލައަކީ، އެމީހަކު ނެތް ނަމަ މިވެނި އެވެނި ބަޔަކު އުފާވާނެ ކަމަށާއި، އެމީހަކު ނެތަސް ދެރަ ވާނޭ މީހަކު ނުހުންނާނޭ ކަމުގައި ބުނުމާއި، މާ ބޮޑަށް މީހުންނާ އެކަހެރިވެހުރުމަށް ލޯބި ކުރުމާއި، ވާނުވާ ބުނެދޭން ބޭނުން ނުވާކަމަށް ބުނުމާއި، އޭނާގެ އަގުބޮޑެތި މުދާތައް މީހުންނަށް ބެހުމާއި، ނުވަތަ އުކާލުން ނުވަތަ ހަލާކުކުރުމާއި، އެފަދަ އިބާރާތްތައް ހުންނަ ޕޯސްޓް މާގިނައިން ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި ހިއްސާކުރުމެވެ.

ނަފްސާނީ ކަމެއް ތަހައްމަލް ކުރާ މީހެއް ދެނެގަނެވިއްޖެނަމަ، އެވަހަށް އެފަދަ މީހަކާ ގާތް ގުޅުމެއް އުފެއްދޭތޯ ބަލާށެވެ. އަދި އެގުޅުމުގެ ތެރެއިން އެމީހާގެ މައްސަލަ ރަނގަޅަށް ދެނެގަތުމަށް އޭނާގެ ވާހަކަތައް ކަނުލައި އަޑު އަހާށެވެ. އަދި އޭނާ އެކަނިވެރިވިޔަ ނުދޭށެވެ. އަމިއްލައަށް މަރުވާން ހިތަށް އަރާނަމަ ތިރީގައި މިވާ ކަންތައްތައް އެފަދަ މީހެއް ލައްވައި ކުރާށެވެ.ކީރިތި ގުރްއާންގެ ތަރުޖަމާ ގިނަގިނައިން ކިޔުއްވާށެވެ. އަދި ފަރްޟް ފަސް ނަމާދުގެ އިތުރަށް ސުންނަތް ނަމާދުތައް ކުރެއްވޭތޯ ބަލާށެވެ. ނަފްސާނީ ކަންތައްތައް ކުރިމަތިވަނީ، އީމާންތެރިކަން ބަލިކަށިވުމުގެ ސަބަބުން ކަމުގައި އެފަދަ މީހަކަށް ވިސްނައި ނުދޭށެވެ. އަދި މުޞީބާތްތަކަށް ކެތްތެރިވާންޖެހޭ ގޮތްތަކާއި، ތިޔަ ފަރާތުން އަވަދި ނެތިވެގެން ބައްދަލު ނުވެގެން، ހާލަތާއި ގުޅޭގޮތުން އަމަލުކުރުމަށް އެހީތެރިވެދޭނޭ ހިލޭ އެހީތެރިވާ ކުލިނިކްތައް ހުރި ވާހަކަވެސް ހަނދާންކޮށްދޭށެވެ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Previous post ދިވެއްސަކަށް ތަޞައްރަފު ނުފުދޭ
Next post ވިސްނާ ބަޔަކަށް މިއީ ވެސް ޢިބުރަތެކެވެ.