ކާށިތަކެއްގެ ތެރެއިން ކާށި ދޫ ކާށި ދެނެގަންނާނީ ކިހިނެއް؟

Read Time:3 Minute, 39 Second

ކާއްޓަކީ ގުދުރަތީ ވަރަށް ގިނަ ފައިދާތައް އެކުލެވިގެންވާ އެއްޗެކެވެ. ކާއެއްޗެތި ތައްޔާރު ކުރުމުގައި ކާށިހުނި، ކާށިކިރު، ކާށިތެޔޮ، ފަދަ ބައިތައް ބޭނުން ކުރެވެއެވެ. ދިވެހި ރުކުގެ އެތުގައި އަޅާ މާތައް ބޮޑުވެ، ރުކުމާތައް ގޮބޮޅިއަށްވެ، ގޮބޮޅިތައް މިރި އަށްވެ، މިރި ކިހާކަށްވެ، ކިހާއް ކުރުނބަޔަށްވެ، ކުރުނބާ ގަބުޅިއަށްވެ، ގަބުޅި ކާއްޓަށްވުމަށްފަހު އެންމެ ފަހު މަރުހަލާ އަކީ އެ ކާށި ކުރޮޅި އަކަށް ބަދަލުވުމެވެ. ހަރުބަހެއްގައި އޮންނަ ފަދައިން މިރިނުވެ ގޮބޮޅި ކާށި ވުމޭ ބުނެވޭ ބަހަކީ، އުމުރަށްވުރެ މީހާ މާ ބޮޑުވެގަނެގެން އުޅުމަށް ނިސްބަތްކޮށް ބުނެވޭ ބުނުމެކެވެ. ކާށި ބޭނުންކުރެވޭ ބީދައިން ގަބުޅި އަކީ ވެސް ވަރަށް ގިނައިން ކާތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ އެއްޗެކެވެ. ގަބުޅީގެ ކުރިން ކުރުނބާގެ ގޮތުގައި ހުންނައިރު އޭގެ ފެން އެއީ ހަށިގަނޑަށް ވަރަށް ފައިދާހުރި އަދި ވަރަށް ގިނައިން ބޭނުންކުރެވޭ މީރު ބުއިމެއްކަމަށް ވަނީ ބެލެވިފައެވެ.

ކާށި ދޫ ކާއްޓަކީ ކޮބާ؟

މިތާނގައި މިއުޅެނީ ކާށީގެ ފައިދާއާ ބެހޭގޮތުން މައުލޫމާތުތަކެއް ލިޔާކަށް ނޫނެވެ. ކާށިތަކެއްގެ ތެރެއިން ކާށި ދޫ ކާށި ދެނެގަންނާނެގޮތެއް ބުނެދޭށެވެ. އިސްވެ ދެންނެވި ފަދައިން ކާށި އޭގެ އެންމެ ފަހު މަރުޙަލާގައި ބަދަލުވަނީ ކުރޮޅިއަކަށެވެ. ކާއްޓެއް ވެއްޖެއްޔާ، ކާށި ހަލުވާލުމުން ކޮންމެވެސް ވަރަކަށް ފެން ހެލޭ އަޑު އިވޭނެއެވެ. ފެން ހެލޭ އަޑު ނީވޭ އަދި ކާށި ބަރު ނަމަ އެއީ ވަރަށް ފެންގިނަ ޅަ ކާއްޓެކެވެ. މިއާއި ޚިލާފަށް، ކާށި އަތަށް ނަގާފައި ތަޅުވާލުމުން، ފެނުގެ ބަދަލުގައި ކާށި ތެޅޭ އަޑު އިވޭނަމަ އެއީ ކުރޮޅިއެކެވެ. ކާށި ދޫވެގެން އެތެރޭގައި އޮތް ހުސްޖާގާގައި ކޮޅުކޮޅަށް އެނބުރޭތީ ފެން ހެލޭ އަޑާއި ކާށި ތެޅޭއަޑު އިވެނީއެވެ. މިއީ ކާށި ދޫ ކާށި ނުވަތަ ޅަކުރޮޅިއެވެ. މިފަދަ ކުރޮޅީގައި ފެންވެސް ހުންނާނެއެވެ. ނަމަވެސް މިއީ ކާށިދޫއިން ގެނައި ކާއްޓެއް ކަމަކަށް ނުނިންމޭނެއެވެ. ދެފަހަރު ވިސްނައިގެން ސުރުޚީ ކިޔުއްވުމުން މި ބުނަންއުޅޭ އެއްޗެއް ފަހުމްވެދާނެއެވެ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Previous post ފައި ދާވާ ކަންތަކަށް ފައިދާހުރި ކަމެއް