ފައި ދާވާ ކަންތަކަށް ފައިދާހުރި ކަމެއް
ދަލަކީ ހަށިގަނޑުން ބޭރުކުރާ ޒާތެއްގެ ލޮނު ފެނެކެވެ. ކޮންމެ އިންސާނެއްގެ ހަށިގަނޑުގައިވެސް 2 މިލިއަން އާއި 4 މިލިއަންގެ އަދަދަކަށް ’ސްވެޓް ގްލޭންޑް‘ ތަކެއް އެކުލެވިގެންވާ ކަމަށް ސައިންސްވެރިން ބުނެއެވެ. ހަށިގަނޑުން ހިއްލާ ދާތައް ބޭރުކުރުވަނީ މި ގްލޭންޑް ތަކުގެ ތެރެއިންނެވެ. ހްށުގަނޑުން ދާ ހިއްލާ މިންވަރު ބަރޯސާވަނީ މި ގްލޭންޑްތައް ހަށިގަނޑުގައި ހުންނަ އަދަދަށެވެ. އާންމުކޮށް ދާ ހިއްލަނީ ކިހިލިފަތިންނާއި އަތުގެ އަދި ފައިގެ ބަނޑުފުށުންނެވެ.
ފިރިހެނުންގެ ގްލޭންޑް ތަކަކީ އަންހެނުންގެ ގްލޭންޑްތަކަށްވުރެ ހަލުވިކަމާއެކު މަސައްކަތްކުރާ އެއްޗެހިތަކެކެވެ. ފިރިހެނުންގެ ގައިން ގިނައިން ދާ ހިއްލަނީ މިހެންވެއެވެ.ދާހިއްލަނީ ކީއްވެ؟ދާހިއްލުމަށް ދިމާވާ ބައެއް ސަބަބުތަކަކީ ކަސްރަތުކުރުން، މޫސުން ހޫނުވުން، ރުޅިއައުން، ނުތަނަވަސްވުން، ހާސްވުން، ލަދުގަތުން މިއެވެ.ބައެއް ފަހަރު ދާ ހިއްލާ ނިޒާމުގައި މައްސަލަ ޖެހޭ ގޮތްވެސް މެދުވެރިވެއެވެ. އޭގެތެރެއިން އެއްމައްސަލައަކީ ދާ ހިއްލުމަށް ހަށިގަނޑު ބޭނުންނުވާ އިރުވެސް ދާ ހިއްލުމެވެ. މިހެން ދިމާވާ ސަބަބަކީ ސްވެޓް ގްލޭންޑްްތައް މަސައްކަތްކުރަން ފަށަން ބާރުއަޅާ ނާރުތައް މާބޮޑަށް އެކްޓިވްވުމެވެ. ނަތީޖާއެއްގެ ގޮތުން ގިނައިން ނުވަތަ ހިއްލަން ނުވާ ވަގުތުތަކުގައި ދާ ހިއްލާ ގޮތް މެދުވެރިވެއެވެ.
ދާ ހިއްލުމުން ނުބައިވަސް ދުވަނީ ކީއްވެ؟
ހަގީގަތުގައި ދަލަކީ އެއްވެސް ވަހެއް އެކުލެވިގެންވާ އެއްްޗެއް ނޫނެވެ. ދާ ބޭރުކުރުމަށްފަހުގައި ހަންގަނޑުގައި ހުންނަ ބެކްޓީރިއާތަކާއި އެކުވެއެވެ. މީގެ ސަބަބުން ހަންގަނޑުން ނުބައިވަސް ދުވާ ގޮތްވެއެވެ.
ފައި ދާ ވުމަށް ފައިދާ ހުރިކަމެއް..
ފައިން ދާ ހިއްލުމަކީ، އަދި ވަކިން ޚާއްސަކޮށް ފައި ދަށްފުށުން ދާހިއްލުމަކީވަރަށް އުނދަގޫ ވާ ކަމެކެވެ. ހަކުރުބަލި، ހިތުގެ ތަފާތު ބަލިތައް، އެއިޑްސް ނުވަތަ އެޗް.އައި.ވީ، ކެންސަރު، އާދަޔާ ޚިލާފަށް ފަލަވުން، މެލޭރިއާ. ޖެހުމުންވެސް އާދަޔާ ޚިލާފަށް ފައިން ދާ ހިއްލައެވެ.
ސައިފަތަކީ ގުދުރަތީ ގޮތުން ”އެންޓި ޕާސްޕިރެންޓް“ އެކުލެވޭ އެއްޗެކެވެ. ހޫނު ފެންތައްޓެއްގެ ތެރެއަށް ދެޕެކެޓް ސައިފަތް ލުމަށް ފަހު، އިރުކޮޅަކު (10ވަރަކަށް މިނެޓް) ބަހައްޓާފައި އެ ސައިފަތް ޕެކެޓުތައް ފައިގެ ފަށްފުށުގައި އުނގުޅާށެވެ. 5 ވަރަކަށް މިނެޓު މިކަން ކޮށްލުމުން ފައި ދާހިއްލުމުން އެއްކޮށް ހުއްޓުވައިދޭނެއެވެ. މިގޮތަށް ދެ ހަފްތާ ކަންތައް ކުރުމުން ދާހިއްލުން ވަރަށް ކުޑްކޮށްދޭނެއެވެ. އަދި ހަމައެފަދައިން ހިޖާމާ ޖެހުމުންވެސް މިކަމަށް ދާއިމީ ހައްލެއް ލިބޭނެއެވެ.
Average Rating