ކުޑައިރުވެސް އެރުނީ ފެންގަނޑަށެވެ. ދަރިން ލިބި މުސްކުޅި ވީއިރު ހަމައެހާލަތުގައެވެ.

ޝާއިރަކު ވިދާޅުވިއެވެ.ކަލާނގެ ސަފުން ބަދަލު ނުކުރައްވަތޭ ޤައުމެއްގެ ޙާލާތެއް،ނުވާއިރުގައި އެހާލަތުވެސް ބަދަލުކުރުމުގެ ޚިޔާލާތެއް.ދައްކަން އޮތީ ހަމަ އެންމެ ވާހަކައެކެވެ. ނައިފަރަކީ ޢިލްމީ ޤާބިލު ބަޔަކު އުފަންކުޅަ ފަސްގަނޑެކެވެ. ނަމަވެސް…. އިހުޒަމާނުގައި މަސްވެެރި ރަށްރަށުގައި، ގެއާއި ބަދިގެ ވަކިކޮށް އެހުރީ ހަމަ ޙިކްމަތެއް އޭގައި އޮވެގެންނެވެ. ޒަމާނަކީ ދަރު އުނދުނުގައި މަސްކެއްކި ފަނުން ބަދިގެތައް އަދި ގެތައްވެސް ބިނާކުރި ޒަމާނެެވެ. އަލިފާނުގެ ހާދިސާއެއް ހިނގިޔަސް، މުޅި ދިރިއުޅުން ހިނދުކޮޅެއް ތެރޭގައި އަޅިޔަށް ވުމަށް އޮތް ދޮރު ބަންދުކުރުމުގެ އަޒުމުގައި މިގޮތަށް އޭރު ގެދޮރު ބިނާކޮށްފައި ހުރި ކިތަންމެ ރަށެއް އަޅުގަނޑުވެސް ދުށީމެވެ. އެވާހަކަ އެތަނުގައި ބާއްވަމާ ހިނގާށެވެ. އެޒަމާނުގައި މަގުތައް ހަނިކޮށް އޮތީ ގެއާ ބަދިގެއާ ވަކިކުރާން ޖެހި އޮލަނބު އިންފާރު ތަކާ ތަޢާރުޒު ވުމުންނެވެ. ރަށުގެ އާބާދީ ފަތުއަޑު ކިޔާފައި އައީ ބޮޑުވަމުންނެވެ. ރަށުގެ ފަރުން ހިއްކޭން އޮތް އެންމެ ބޮޑަކަށް ހިއްކައިފިއެވެ. ގޯތިތަކަށް އިންކަނޑާ ކަޑަޖެހި އިރު ….. އެހާރާ މިހާރާ ހުރި ތަފާތަކީ، ރަށުގެ މަގުތައް ފުޅާވެ ތަނަވަސް ވުމެވެ. ސީދަލަށް އޮތް މަގެއް ނުފެނެއެވެ. ފިކުރުކޮށްލަބަލާށެވެ. އަލަށް އެޅި ފުލެޓުތަކާއި އިންވެގެން އޮތް ބޮޑު މަގު ކަސިޔާރުވެ ގޮސް އަރަނީ ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ފާރަށެވެ. މަގޭ ލޮލުގައި ނުސީދާ ކަމެއް އުޅެނީ ކަމަށްވެސް ވެދާނެއެވެ. ބަނދަރުމަތިން ހުޅަނގަށް ޣުފްރާން މިސްކިތަށް އަންނައިރު، މަގު ހުރަހަށް އެހުރީ ކޮންމެވެސް ގެއެކެވެ. ސަރާސަރު ރާސްތާކޮށް އޮތުން ލާޒިމު ވަނީ ދެމަގަކަށް ކަމަށް ވެދާނެއެވެ. އެއީ ހަމައެކަނި، އިފްތިތާޙީ މަގާއި ޖަލާލުއްދީން މަގަށް ލިބިގެންވާ ހައްޤަކީއެވެ.ހާކަނޑުގައި ލަބަރި ތެޅުމަކީ މިއީ ނޫން ކޯންޗެއްތޯއެވެ. އެކިއެކި ސަރުކާރުތަކުން ވަމުން ނުވަމުން ގޮސް، ރައްޔިތުންގެ ނަރުދަމާ ނިޒާމު ނިމުމަކަށް ގެނެސް، ސަރުކާރުން އަޅައިދޭ ނަރުދަމާ ނިޒާމެއް ނިމުމުން މަގުތައް އެއްވަރުކޮށް މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭން ހުފަވެން ނުބަލާ 5 އަހަރުގެ ދައުރެއް އަދި ނާދެއެވެ. މަގުތަކުގައި ވަޅުގަނޑު ހެދި، ފުއްޓަރުން ދިޔަހިލިފައި އޮންނަ ތަނަކު ބައިސްކަލުގަނޑެއް ވެސް ނުހޭަރޭ ހޭރުން، ސައިކަލަކު މަގުތަކުގައި ދުއްވާލާއިރު އެސޮރު ފަކީރު ހޭރޭނެއެވެ. މަގުމަތީ ދުއްވުމެކޭ ފުރާނަ އަތްމައްޗަށް ލައިގެން އުޅުމެކޭވެސް ނުރައްކާބޮޑެވެ. އުނަގަނޑުގެ ބަދަތައް ސަލާމަތުން ހުރި، މީހަކު އުޅޭނެޔެކޭ އަޅުގަނޑު ހިތެއް ނުބުނެއެވެ. ވާރޭ ވެހޭ މޫސުމެއް އައުމަކީ، ނިޢުމަތެއް ލިބި ޝުކުރުވެރިވާން ބަޔަކު އުޅޭނެ މޫސުމެއް ކަމަކު… ނައިފަރުގެ ރައްޔިތުންނަށް ތުރާލާ ވޭންދެނިވި މޫސުމެކެވެ. ފެންގަނޑު ހިނދެންޏާ ހިނދޭންވީއެވެ. މަގުތައް ލެވަލްކޮށް ލެވެނީވެސް ކޮންމެވެސް ވެރިޔަކު އަންނަ ދުވަހެއް ގާތްވުމުންނެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. އަޅުގަނޑުމެން ކުޑައިރުވެސް އެރުނީ ފެންގަނޑަށެވެ. ދަރީން ލިބި މުސްކުޅިވީ ދުވަހުވެސް ހަމަ މި ގަނަތެޅުމުގައެވެ. ރައްޔިތުން ފަހެ ހޭވެރިވާކަށް ނުވޭތޯއެވެ. ކަންކަމަށް ނާޤާބިލު ދޫނުހެލޭ ސޮހޮލުން، އުޑެއް ބުޑެއް ނުދަތަސް އިންތިޚާބު ކުރުމުގެ ހިތިރަހަ ލަނީ، ހަމައެކަނި އަޅުގަނޑުގެ ކަރުބުޑަކު ނޫނެވެ. ނަރުދަމާ އެޅެންދެން، އެކަން ނުނިމިގެން މަގުތައް ނުހެދި އޮތްކަމުގެ ބަހަނާއެވެ. މިހާރު ދެން ކޮން ބަހަނާއެއް ހެއްޔެވެ…
Average Rating