އެންމެ ކަމެއް ފެނުނަސް އެއީ ދެން ވާ ކަމެކެވެ.
ފަހު ޒަމާނަށް އެޅުނު އިރު، މީހުންގެ ވިސްނުމާއި ޚިޔާލުވެސް ހުންނަނީ ދެން މާ އެހެންކަހަލަ ގޮތަކަށެވެ. ތިމާ ހިތުން ތިމާ އަކީ އަލިފެއް ކަމުގައި ހީވާ މީހާވެސް ޙަޤީޤަތުގައި އެއީ ކުރު އަލިފެއް ފަދަ މީހެކެވެ. އިންސާނުން މަތިވެރި ބައެއްކަމުގައި ލެއްވީ އެބައިމީހުންނަށް ބުއްދިއޭ މިކިޔާ ނިޢުމަތް ދެއްވައި ބިންމަތީގައި ޚަލީފާއިން ކަމުގައި ލެއްވުމުންނެވެ.
އާދަމު ޢަލަހިއްސަލާމްގެ ދަރިފަސްކޮޅުގެ އެއްމެ ބޮޑު ދުޝްމަނަކީ ލަޢުނަތްލެއވިގެންވާ އިބްލީހެވެ.ﷲ ތަޢާލަ ވަހީކުރެއްވިއެވެ. ” وَلَقَدْ خَلَقْنَاكُمْ ثُمَّ صَوَّرْنَاكُمْ ثُمَّ قُلْنَا لِلْمَلآئِكَةِ اسْجُدُواْ لآدَمَ فَسَجَدُواْ إِلاَّ إِبْلِيسَ لَمْ يَكُن مِّنَ السَّاجِدِينَ (11) قَالَ مَا مَنَعَكَ أَلاَّ تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَاْ خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ (12) قَالَ فَاهْبِطْ مِنْهَا فَمَا يَكُونُ لَكَ أَنْ تَتَكَبَّرَ فِيهَا فَاخْرُجْ إِنَّكَ مِنَ الصَّاغِرِينَ (13) ” (الأعراف)މާނަ: “އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން، (އެބަހީ: ތިޔަބައިމީހުންގެ އަޞްލުކަމުގައިވާ އާދަމްގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ: އާދަމްގެފާނު) ޞޫރަ ކުރެއްވީމެވެ. ދެން މަލާއިކަތުންނަށް ވަޙީ ކުރެއްވީމެވެ. އާދަމްގެފާނަށް ތިޔަބޭކަލުން ސަޖިދަ ކުރައްވާށެވެ! ދެން އިބްލީސް ފިޔަވައި އެއުރެން ސަޖިދަކުރެއްވޫއެވެ. ސަޖިދަ ކުރެއްވި ބޭކަލުންގެތެރެއިން އެކަލޭގެ ނުވެއެވެ،(11) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިމަން ރަސްކަލާނގެ ކަލެޔަށް އަމުރުކުރެއްވި ހިނދު ސަޖިދަ ކުރުން ކަލެޔަށް މަނާ ކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ބުންޏެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.(12) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ. ފަހެ، ތިޔަތާންގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއްނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.(13)
ޝައިތޯނާގެ މަކަރުވެރިކަމުން އާދަމް އާއި ޙައްވާ
ޢަލައިހިމައްސަލާމް ސުވަރުގެއިން ނެރެލިއެވެ. އެއީ ﷲ ތަޢާލާ ނަހީކުރެއްވި ގަހުން ފަރިއްކުޅުވުމުގެ ސަބަބުންނެވެ. އެއަށްފަހު އެ ދެކަނބަލުންގެ ތައުބާ ޤަބޫލުކުރައްވާ ، އެދެކަނބަލުން ދިރިއުޅޭނޭ ތަނެއްކަމުގައި ބިން ލެއްވިއެވެ. ކަނޑައެޅިގެންވާ އަޖަލަކާ ޖެހެންދެނެވެ. އަދި ޝައިތޯނާއަކީ އިންސާނީ ދަރިފަސްކޮޅު މަގުފުރައްދަން މަސައްކަތްކުރާނޭ ބަޔާންވެގެންވާ ޢަދުއްވެއް ކަމުގައި އެންގެވިއެވެ. ” قَالَ اهْبِطُواْ بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَى حِينٍ (24) قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ (25) ” ( الأعراف)މާނަ : “އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ޢަދާވާތްތެރީންކަމުގައިވާ ޙާލު، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، ޤަރާރުވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.(24) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭ ހުށީ އެތާންގައެވެ. އަދި މަރުވާ ހުށީވެސް އެތާންގައެވެ. އަދި (ޤިޔާމަތް ދުވަހުން ދިރުއްވައި) ނެރުއްވާހުށީވެސް އެތަނުންނެވެ.(25)
”އެހެން މަޚްލޫޤުންގެ މައްޗަށް ﷲ އިންސާނާއަށް އިމްތިޔާޒު ދެއްވި ބުއްދި އަކީ ގަސްތާއި މިނިވަންކަން އަދި ހެޔޮ ނުބައި ވަކިކޮށް ދެނެގަތުމުގެ ބާރެވެ. މިއީ ﷲ މި އިންސާނާގެ ކިބައިގައި ލެއްވި ބާރެކެވެ. މިއީ ﷲ މަލާއިކަތުންނަށް އިންސާނާ ތައާރަފު ކޮށްދެއްވުމަށް ދެއްކެވި ދެއްކެވުންތަކުގެ ވެސް މައިގަނޑު ނުގުތާއެވެ. މިއާ އެކު ﷲ ވަނީ މަލާއިކަތުންނަށް މި އިންސާނާއަށް ސަޖިދަ ކުރުމަށް ވެސް އަމުރު ކުރައްވައިފައެވެ. އެހެންކަމުން މި އިންސާނާ ވެގެން މި ދަނީ އެހެން މަޚްލޫޤުންގެ ޤިބުލައަކަށެވެ. މިކަމާ އެކު އެހެން މަޚްލޫޤެއްގެ ކިބައިގައި އިންސާނާއާ މެދު ހަސަދަވެރިކަމެއް ވެސް އުފެދިގެން ދިޔައެވެ. މިކަމުގެ ޚަބަރު ﷲ ވަނީ މި އުއްމަތަށް ދެއްވައިފައެވެ.އިންސާނުންނަށް މި ދެއްވި ދަރަޖައާ މެދު ހަސަދަވެރި ވީ ޖިންނީންނެވެ. އެމީހުންގެ އެންމެ އިސް ފަރާތަކީ އިބްލީހެވެ. ޖިންނީންނަށް ފެނުނު ގޮތުގައި މި އާ މަޚްލޫޤަކީ (އިންސާނާއަކީ) އޭނާގެ ބުއްދި އާއި ގަސްތާއި މިނިވަންކަމާއި ކަންކަން ދެނެގަތުމުގެ ބާރު ލިބިފައި ވުމުގެ ސަބަބުން ޖިންނީންނާއި އަދި އެހެން މަޚްލޫޤުންނަށް ވުރެ ކުރި އަރައި ދިއުމުގެ ބާރު ލިބިގެންވާ މަޚްލޫޤެކެވެ.އިންސާނާ ވަނީ އޭނާއާ ކުރިމަތިވި ފުރަތަމަ އިމްތިޙާނުގައި ފޭލި ވެފައެވެ. އިންސާނާގެ ނަފްސަކީ ކަންކަން ހޯދައި ދެނެގަތުމުގެ ޝައުގުވެރިކަން އިންތިހާއަށް އެކުލެވިގެންވާ ނަފްސެކެވެ.
މީހުންގެ ކުށްތަކާއި ޢައިބުތައްފަދައިން ތަކެތީގެ ސިއްރުތައް ދެނެގަތުމަށް އިންސާނާގެ ނަފްސު އެދުންވެރިވެއެވެ. ޝައިޠާނާ މީގެ ފައިދާ ނަގައެވެ. ޙަރާމް ކުރެއްވިގެންވާ ކަންތައްތަކަކީ އެ ކަންކަން ކޮށްފިނަމަ އިންސާނާ އަބަދީ ޙަޔާތަކަށް ވާޞިލުކޮށްދޭނެ ކަމެއް ކަމުގެ ދޮގު ހުވަފެން ދައްކައި، ވަސްވާސް ދެއެވެ. އިންސާނާގެ ނަފްސު އަބަދީ ޙަޔާތަކަށް ބޭނުންވެއެވެ. އެހެންކަމުން ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި، މަނާ ކުރެއްވިގެންވާ ކަންތައްތަކުގެ ޝިކާރަޔަކަށް ވިއެވެ. އަދި އިންސާނާ ފާފަވެރިވިއެވެ.
އާދަމުގެފާނު އުޑުން ވައްޓައިލެވުނީ ސިރީލަންކާގައި ހުންނަ ފަރުބަދައެއްގެ މައްޗަށް ކަމަށް އެ ތަނުގައި ހުންނަ އަސަރަކީ އެކަލޭގެފާނުގެ ފައިވާންފުޅުގެ އަސަރު ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނެވެ. އެއީ އިސްލާމީ ތާރީހުގެ އެއްވެސް ސައްހަ މަސްދަރަކުން ސާބިތުވާ ވާހަކައެއް ނޫނެވެ.ކުޑަވެސް ޝައްކެތްނެތެވެ. ހުދު ފޮތިގަނޑެއްގައި އެންމެ ކަޅުތިއްކެއް އިނަސް، އެތަންކޮޅު ނޫނީ އެއްވެސް މީހަކު ލޮލަކު އަޅައެއް ނުގަންނާނެއެވެ. އެހާރުން އެހުދު ފޮތިގަނޑުވެސް ނުފެންނަފަދައެވެ. އިންސާނާ އަސްލު އިންސާނަކަށް ވަނީ، ކޮންމެވެސް ހިސާބެއްގައި ކުށަކަށް އަރައިގަނެވިފައި ވުމުންނެވެ. ”ކުށް ކުރުމާއި ފާފަ ކުރުމަކީ އިންސާގެ ކިބައިގައިވާ އާދައެއް. މިކަމުގައި އެއްވެސް އިންސާނަކު އިސްތިސްނާއެއް ނުވޭ. ކޮންމެ އާދަމުގެ ދަރިޔަކީ ކުށްކުރާނެ މީހެއް. ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި. ކުށެއް ކުރެވުމާ އެކު އެ ކުށުން ރުޖޫޢަވެ ތައުބާވުން އިންސާނާއަށް އޮތީ.“ އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.
އާދަމުގެފާނުގެ ވާހަކަ އަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ވަރަށް މުހިންމު ވާހަކައެކެވެ. އިންސާނީ ދަރިފަސްކޮޅުގެ މިޒާޖާއި، ޒިންމާތަކާއި، މިފަދަ އެތައް ކަމެއްގެ މައްޗަށް އިޝާރާތް ކުރާ ވާހަކައެކެވެ.އެހެންޏާފަހެ، މީ އުޑުގެ ޚަލްޤެއް ނޫނެވެ. އެތަކެއް ނަބިއްޔުންނާއި ރަސޫލުންނަށްވެސް ވަނީ ޤަސްދަކާއި ނުލައި ކުށްކުށަށް އަރައިގަނެވިފައެވެ. މީހެއްގެ ފަރާތުން ކުށެއް ފެނުމުން ދެން އެއޮތީ ވާ ކަމެކެވެ. އިވޭ ހުރިހާ ވާހަކައެއް ތަންދޮރު ބަލައި ނުލައި ފަތުރާ މިހާ ދޮގުވެރިއެއް ކަމުގައި ފުދެއެވެ.
Average Rating