ދިވެއްސަކަށް ތަޞައްރަފު ނުފުދޭ

Read Time:4 Minute, 1 Second

ދިވެހިބަހުން ފަރިތަކަމާއެކު ވާހަކަ ދައްކާން އެނގުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ދިވެހިވަންތަކަން އަންގައިދޭ ސިއްކައެވެ. ދިވެހިންގެ ބަހުރުވަ ތަކެއް ހުރިކަމުގައި ވިޔަސް، އެބަހުރުވަ ތަކުން ބަސްމޮށި އުޅުމަކީ ހަމަ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނޭ ކަމެއްވެސް ނުމެ ނޫންމެއެވެ. ކުރި ނުމަރައި، ސީދާ ބުނާން މިއުޅޭ އެއްޗެއް ތިލަ ކޮށްލާނަމެވެ.

ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ، ނަމަވެސް، ބަސްވާރުން ދިވެހި ބަހަށް ފުރިހަމަކަން ގެނެސް ދިނުމަށް ހަދާފައި ދެން މިހުންނަނީވެސް މާކަ ހިނިއަންނަ ޒާތްޒާތުގެ ނަންނަމެވެ. ދުލަށް ލުއި ނަމަވެސް، ބަހުގެ ޙާލަތު މެދުވެރިވާ ހިނދު ބޭނުން ކުރުމުން ނޭނގޭ މީހާވެސް އަންނަނީ ޒާތެއްގެ ހިންޏެކެވެ.

ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ، 4 ރަށެއް އޮތް އިރު، ހަތަރު ބަހުރުވައެއް ނުވަތަ ވަންނިއެއް ވާހަކަ ދެއްކުމުގައި ބޭނުން ކުރެއެވެ. ދެން އެއަށްވުރެ މަޖާ ކަމަކީ، ނައިފަރު ބަހުރުވައަށް ނުވަތަ ހިންނަވަރު ބަހުރުވައަށް ހަޖޫ ޖެހުމަކީ ދެން މާ ވައިގައި ހިފާ ކަމެކޯލައެވެ. މިހާރަކަށް އައިސް މާ މަޝްހޫރުވެގެން މިއުޅޭ ހިންނަވަރުގެ ”އަޅައަޅާ“ އަކީ ވެސް ވަކި ޙާލަތަކު ނޫނީ ބޭނުން ކުރެވޭ ބަހެއް ނޫނެވެ. ހަމައެފަދައިން، ނައިފަރުގެ މީހުން ބައެއް ބަސްތައް ކިޔުމުގައި އައިބައިފިލީގެ ބަދަލުގައި ބޭނުން ކުރާ އޭބޭފިއްޔަކީވެސް ހަމަ ކޮންމެ ބަހަކަށް ބަދަލުގެނެސްގެން ކިޔޭނެ ބަހެއްވެސް ނޫނެވެ. މިކަންވެސް ރޯ ފިލާނީ، ނައިފަރުގެ ބަހުރުވައިގެ ބަސްމަގު އެމުނި އެކުލެވުން ދިރާސާ ކޮށްލައިގެންނެވެ.

ދެރަކޮށްލުމުގެ ނިޔަތުގައިވެސް ނައިފަރު މީހަކު ފިރިހެނަކަށް ނިސްބަތްކޮށް، ”ޗަކޮއި“ ބޭނުމެއް ނުކުރެއެވެ. ނާ ދޮގޭ! މާ ބޮޑަށް ބަސް އެނގިގެން ހުރި ރަށަކު ސޮރަކު ނުވަތަ މަންޖެއަކު ނުބުނާނެއެކޭ ނުދަންނަވާނަމެވެ. ނަމަވެސް އެހާލަތުގައި ތަންދޮރު ނޭނގި އެފަދައިން ބުނާ މީހާ ޙަޤީޤަތުގައިވެސް މާ ދެރައީއެވެ. މިފަދަ ލައްކަ ގިނަ ހާދިސާތައްވެސް ރަށު މީހުންނާ ހުންނާނީވެސް ދިމާވެފައެވެ.

ދިވެހި ބަހުން ވާހަކަ ދައްކައިއުޅޭ ކޮންމެ މީހަކުވެސް ދިވެހި ބަހުރުވައަކަށް ހަޖޫ ޖަހައިފިތަ، އާނ އެމީހާއަކީ ޙަޤީޤީ ދިވެއްސަކަށް ތަޞައްރަފު ނުފުދޭ މީހެއްކަމުގައި ވަރަށް އުފަލާއެކު ދަންނަވަމެވެ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Previous post ޝާއިރު އެވިދާޅުވަނީ ހަމަ ހެޔޮކޮށެވެ.
Next post އަމިއްލައަށް މަރުވެދާނަމޭ ހިތަށް އަރާނަމަ..