ފާހާނާއިން ދުވާ ހަޑި ވަސް ކަނޑުވާލެވިދާނެ ފަސޭހަ ގޮތްތަކެއް
ސައި ގިރާފައި ސައިގަތް ބޭގް އެއްލާނުލާ ބަހައްޓާށެވެ. އޮރެންޖު ނޮޅުމަށް ފަހު އޭގެ ތޮށި ވެސް ބަހައްޓާށެވެ. ކޮފީ މެޝިނުގައި ހުންނަ ކޮފީ ކުނޑިތައް ވެސް އެހެން ކަމަކަށް ރައްކާކޮށްލާށެވެ. މި ހުރިހާ އެއްޗަކީ ވެސް ގޭތެރޭގައި ބައެއް ފަހަރު ދުވާ ހަޑި ވަސްތައް، ހާއްސަކޮށް ފާހާނާ އިން ދުވާ ހަޑި ވަސްތައް ފަސޭހައިން ކަނޑުވާލަދޭނެ އެއްޗެއްސެވެ.
ކުޑަ ބޯތައްޓަކަށް ކޮފީ ގްރައުންޑް އަޅާފައި ފާހާނާގައި ބެހެއްޓުމުން ހަޑި ވަސް ކަނޑުވާލާނެ އެވެ. އަދި ތާޒާ މީރު ވަހެއް ހުންނާނެ އެވެ.
އޮރެންޖު ތޮށި ފާހާނާ ގައި ބެހެއްޓުމުން ހަޑިވަސް ކަނޑުވާލުމުގެ އިތުރުން ފާހާނާ އަށް ވަންނަ ކުދި ސޫފިތައް ވެސް މަރާލަ ދޭނެ އެވެ.
ފާހާނާގައި މީރު ވަސް ދުއްވަން ބޭނުން ނަމަ ޓީ ބޭގް، އެސެންޝިއަލް އޮއިލް އިން ތެންމާލުމަށްފަހު ތައްޓަކަށް ލާފައި ފާހާނާގައި ބަހައްޓާށެވެ. މީރު ވަހެއް ހިފާފައި ހުންނާނެ އެވެ.
މީގެ އިތުރުން މިންޓް ލީވްސް ކުޑަކޮށް ފުނޑުކޮށްލުމަށްފަހު ކަރަންފުލާއެކު ފާހާނާގައި ބެހެއްޓިދާނެ އެވެ. މިވެސް ފާހާނާ އިން ދުވާ ހަޑި ވަސް ކަނޑުވާލާ، މީރު ރިފްރެޝިން ވަހެއް ފާހާނާގައި ބަހައްޓަން ކުރެވިދާނެ ކަމެކެވެ.
Average Rating